’ގެދޮރިވެރިޔާ‘ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ
ކުރީ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން އެކަނި ކަމަށެވެ.
މުއްތަލިބު ވިދާޅުވީ އެ މީހުންގެ ތެރެއިން ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ނިންމާފައިވ ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާން އޮތީ 73 ޕޮއިންޓު ލިބިގެން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނޭ ކަމަށާއި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް އޮތީ 1،218 މީހުންގެ ލިސްޓުގައި ހިމެނޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެކަމަކު ސަރުކާރުން ހެދި ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.
އެހެންކަމުން ވެރިފިކޭޝަން ކުރިއަށް ދިޔަ ލިސްޓުގައި ހިމެނެނީ 4،939 ފަރާތެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ވެރިފިކޭޝަނަށްފަހު ތިން ކޮޓަރީގެ ފުލެޓް ލިބޭ މީހުންގެ އަދަދަކީ 1،423 ކަމަށާައި
ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 ފަރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
”އެހެންވީމަ މިހާރު އިއުލާންކުރާ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 ފަރާތެއް،“ މުއްތަލިބު ވިދާޅުވި އެވެ.
ފުލެޓަށް ކުރިމަތިލި 2695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
މިފްކޯގެ ސީއީއޯގެ މަގާމަށް ހަމަޖެއްސި ބޭރުގެ ބޭފުޅާ 3 މަސް ނުވަނީސް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރުވީ އިތުރު!
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި
ފެން ހިންދާ ޕަމްޕުތައް ގެނައީ ރައީސް އަންގަވައިގެން: ނަރީޝް
ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް 160 މިލިޔަން ރުފިޔާ ހަރަދުވާނެ