މާރޗް 1, 2025

މިއީ ނުފޫޒެއް ނެތި ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު: ރައީސް މުއިއްޒު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް ސަރުކާރުން މިއަދު ނެރުނު ލިސްޓަކީ ނުފޫޒެއް ނެތި ރާއްޖޭގައި ނެރުނު ފުރަތަމަ ފްލެޓް ލިސްޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އާންމުކުރި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކުރި ކަންކަން ބަލައި، ކުރީ ސަރުކާރުން އިއުލާން ކުރި ޝަރުތުތަކާއި ޕޮއިންޓް ދޭނެ އުސޫލުތަކަށް ބަލައިގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.

އަދި މި ލިސްޓު ނެރުމުގައި އެއްވެސް މިންވަރެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

”އަޅުގަނޑު ދޭނެ ޔަގީންކަމަކީ، ހަމަ ޔަގީންކަމާއެކު ދޭ ޔަގީންކަމެއް މިއީ އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާފައި ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަގީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގައި ކަންކަމުގެ މައުލޫމާތު އެނގެންފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން، އެންމެ ޖޫނިއާ ލެވަލްއިން ފެށިގެން ސަރުކާރުގެ މިކަމާބެހޭ ދާއިރާތަކުގައި އުޅެންފެށި ހިސާބުން ބެލިޔަސް ނުފޫޒެއް ނުފޯރުވައި ގެދޮރުލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ފްލެޓް ނުލިބުނު މީހުންނަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް އޮންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ގަސްތުގައި ލިސްޓުން އުނިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

”ހަމަ ޔަގީނުންވެސް ގަސްތުގައި އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައެއް ނުވާނެ. މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އެ ރައްޔިތެއްގެ ހައްގުތައް އަދި އޭގެ އިތުރަށްވެސް ކަންކަން ފުރިހަމަ ކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަން ހުރި، ލޯތްބާއި ކުލުނާއެކު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އަދުލުވެރިކަމާއެކީގައި ކޮންމެ ރައްޔިތަކަށް ހިދުމަތް ކުރަން އައި ސަރުކާރެއް. މީހަކަށް ލިބިފައި އޮތް އެއްޗެއް އަމުދުން އަތުލާނެ ސަރުކާރެއް ނޫން. އެކަމުގެ ޝައުގުވެރިކަން އޮތް ސަރުކާރެއް ނޫން،“ ރައީސް ވިދާޅުވި އެވެ.

26 Comments

  • Ali Firaaq ފެބްރުއަރީ 27, 2025

    Dhahkaa vaahaka

  • Hussain Isham ފެބްރުއަރީ 27, 2025

    Kurin manikfaanuge hiyaaflat list ah nufoozu foaruvi vaahaka Tha thibunee??

  • A Salaam Salaante ފެބްރުއަރީ 27, 2025

    Ehenveemathaa haidharaves libifa eothiee 🤣😂😂😂

  • Zahira Hasan ފެބްރުއަރީ 27, 2025

    Nudhakenmivarukamen

  • Aishayh Rusk Rafeeq ފެބްރުއަރީ 27, 2025

    dhogeh nun ehche bunan ingey meehe nooney

    • Mohamed Ismail ފެބްރުއަރީ 28, 2025

      Aishayh Rusk Rafeeq meega aslu vagan dheefa huri salaamathakun nun vinyaa mi dhen bodu varu

  • Ameen Faisal ފެބްރުއަރީ 27, 2025

    Heyo nuvaane, angain goas gohvan noolhey

  • Raz Abdul ފެބްރުއަރީ 27, 2025

    🤣🤣🤣🤣🤣🤣🤣🤣

  • Adil Abdulla ފެބްރުއަރީ 27, 2025

    ކައްޒާބު ތީ ސީދާ މުނާފިގެއް

  • Nesreen Nis ފެބްރުއަރީ 27, 2025

    ﴿38﴾ وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

    ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.

    [ އަލް މާއިދާ ސޫރަތުގެ 38 ވަނަ އާޔަތް]
    #Tharujamaa

  • Dharifulhaa Adu Ahaasheve ފެބްރުއަރީ 27, 2025

    Dhen goathi list dhookohlee birun tho ?

  • Eashal Ezmeray ފެބްރުއަރީ 27, 2025

    Fine ekam meena ah flat Libun gotheh kiyaala Dheeba

    ދ މީދޫ ސައިމާ
    ނަޞްރު އިބްރާހީމް
    B2022/51007

  • Shahu Binth Shamym ފެބްރުއަރީ 27, 2025

    Dhogu hadhaa hadhaa bandu ves laafa ehery

  • Sharie Piper ފެބްރުއަރީ 27, 2025

    Ali Hussain eba oeh ehcheh bunan?

    • Ali Hussain ފެބްރުއަރީ 28, 2025

      Sharie ebunee rangalhah

  • Xiya Saleem ފެބްރުއަރީ 27, 2025

    ހައިދަރު ހެވޭ ގޮވަގޮވާ އޮއްވާ ލިސްޓައް ލީވެސް

  • Mohamed Waheed ފެބްރުއަރީ 27, 2025

    Kureege 7y list dhunvaalee kihinenba?

  • Eyn Koo ފެބްރުއަރީ 28, 2025

    Thee keee insaafun bahaafa oi flat thakeh nun adah kithamme baaru laafa vidhaaalhu viyase

  • Abdulla Irufan ފެބްރުއަރީ 28, 2025

    ނުފޫޒު ނުފޯރުވާތީތޯ ލިސްޓްގަ އަހަރުމެންގެ ނަން ނެތީ މާލެ މީހުން އެކަމު އެއްވެސް ސަރުކޮރެއްގަ ޝަރުތު ހަމަނުވޭ Dr Mohamed MuizzuThe President’s Office

  • Mariyam Yaasmeen ފެބްރުއަރީ 28, 2025

    Hama thedheh? Ehenve police flat aa dhen huri flat akaa huri meehunah ves mi flat libunee?

  • Abdula Rashydh ފެބްރުއަރީ 28, 2025

    Dhuvahakuves thedhehnuhadhaane

  • اهمد ارفن ފެބްރުއަރީ 28, 2025

    Saabahey muiz ehen ve ey bunee thee godu vagekey

  • Yuhey Yus ފެބްރުއަރީ 28, 2025

    Bodu holhi vagu

    • Aminath Sujoona ފެބްރުއަރީ 28, 2025

      Yuhey Yus 🤦🤦

  • Хусейн Рашид މާރޗް 1, 2025

    Nufoozu neh kameh neyge alhugaduge nan Ves list in gellijje

  • Ahmed Midshan މާރޗް 1, 2025

    Ok ye MDP, PPM meehun buny masdhalhu ves beynumeh nethey ehen V ma thithanah ves hiyeh nuvey beynun vaane heneh 😳

Leave a Reply