ސައުދީ އަރަބިއާއަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެކަން އިއުލާންކޮށްފި އެވެ.
ހަރަމައިންގެ އެކްސް އެކައުންޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
ސައުދީއަށް ހަނދު ފެނިފައިވާކަން އިއުލާން ކޮށްފައި މިވަނީ، ވިލާ ބޯވުމުގެ ސަބަބުން ހަނދު ނުފެނުމުގެ ދަތިތަކެއް ކުރިމަތިވުމަށްފަހު އެވެ.
ސައުދީއަށް ހަނދު ފެނުނު އިރު، އޮމާނާއި އިންޑޮނޭޝިއާ އިންވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އެ ގައުމުން ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް ބުރުނާއީ، މެލޭޝިއާ، ފިލިޕީންސް އަދި ޖަޕާނަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ ދެވަނަ ދުވަސް ކަމަށް އެ ގައުމުތަކުން ވަނީ ކަނޑައަޅައިފަ އެވެ.


