ކީރިތި ޤުރްއާނުގެ މަފްހޫމް
ކީރިތި ޤުރްއާނަކީ، محمد رسول الله صلى الله عليه وسلم ގެ ހިތްޕުޅަށް ޖިބްރީލް ގެފާނު މެދުވެރިކުރައްވައި، މާތްﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އެ ކަލާމްފުޅު ބާވައިލެއްވީ، އެކަލޭގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލެއްކަން ސާބިތުކޮށްދޭ ޙުއްޖަތެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާން ބާވާލެއްވުނީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ. އަދި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރެވެެ. ޤުރްއާން ކިޔެވުމަކީ މާތް އަޅުކަމެއްގެ ގޮތުގަލެއްވިއެވެ.
ކީރިތި ޤުރުއާން އަކީ، މުޞްޙަފް ގައި ލިޔެވިފައިވާ سورة الفاتحة އިން ފެށޭ سورة الناس އިން ނިމޭ އެންމެހައި ސޫރަތްތަކެވެ. ޤުރްއާން ލިޔެވިގެންވަނީ އެއް ޖީލުން އަނެއް ޖީލަށް، އެއްވެސް ޝައްކެއްނެތް މަގުން ނަގުލުވެފައެވެ. ޤުރްއާން ވަނީ އެއަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް އުނިއިތުރެއް ނައިސް، މާތް ﷲ ރައްކާތެރިކޮށްދެއްވާފައެވެ.
ކީރިތި ޤުރްއާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި ތަބަޢަވުމަށް، ކަނޑައަޅުއްވާފައިވާ މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެ ދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކެވެ. ދިރިއުޅުމުގެ ފުރިހަމަ ނިޒާމު އެ ޝަރީއަތުގައި ލައްވާފައިވެ އެވެ. ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގެ މާނާގައިވެ އެވެ.
މާނައީ : އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނަގައިވަނީ: ”ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.“
ކީރިތި ޤުރްއާނުގައި މައިގަނޑު ތިންބާވަތެއްގެ ޙުކުމް ތަކެއްވެއެވެ. ޢަޤީދާގެ ޙުކުމްތަކާއި ފިޤްހީ ޙުކުމްތަކާއި އަޚްލާޤީ ޙުކުމްތަކެވެ. ކީރިތި ޤުރްއާނުގައިވާ މި ޙުކުމްތަކުގެ ތަފްޞީލް އައިސްފައިވަނީ محمد رسول الله صلى الله عليه وسلم ސުންނަތުގައެވެ.

ގުޅުންހުރި
އިލްމު އުނގެނޭށެވެ. އެހެނީ މަރުވުމަށްފަހުވެސް އުނގެނި، އަނެކާއަށް ފޯރުކޮށްދިން އިލްމުގެ ފައިދާ
ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 3
ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު 100 މެގަވޮޓަށްވުރެ މައްޗަށް!
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ