މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ގޮސް އުޅޭ މީހުންނަށް ސިއްހީ އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިސްކިތްކޮޅު، މަސްޖިދުލް ނަބަވީގައި އެމްބިއުލާންސް ސްކޫޓަރުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ސައުދީގެ ނޫސްތަކުން ބުނެފައިވާ ގޮތުން މަދީނާ ހެލްތް ކްލަސްޓާ އިން މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ތައާރަފު ކުރި އެ ހިދުމަތުގެ ބޭނުމަކީ މަސްޖިދުލް ނަބަވީގެ ގޯތި ތެރޭގައި އުޅޭއިރު ކުއްލި އަދި ކްރިޓިކަލް ކޭސްތައް ދިމާވާ ޕޭޝަންޓުން ހެލްތްކެއާ ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން އަވަސް ފަރުވާ ދިނުމެވެ.
މި ސްކޫޓަރު ދުއްވަނީ ޕެރަމެޑިކެކެވެ. އަދި ސްކޫޓަރުގައި ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ބަހައްޓަން ފޮއްޓެއްވެސް ހަރުކޮށްފައި ހުރެ އެވެ.
ސައުދީގެ ނޫސްތަކުން ބުނާ ގޮތުން، އެމްބިއުލާންސް ސްކޫޓަރު ތައާރަފުކުރި ފަހުން މިހާތަނަށް 91 މީހަކަށް ފަރުވާ ދީފައިވެ އެވެ.
މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީއަކީ މުސްލިމުންގެ އެންމެ މުގައްދަސް ދެ ވަނަ ބިނާ އެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15