ސިފައިންނާއި ފުލުހުން ގުޅިގެން ރޭ މާލެ ސަރަހައްދުގައި ހިންގި ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރޭ ހިންގި އޮޕަރޭޝަންގައި ޖުމްހޫރީ މައިދާން ކައިރިން ދުއްވާފައި ދިޔަ ކަރާ ލޮރީއެއްގެ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ދިރިއުޅޭ ގެވެސް ވަނީ ބަލައިފާސްކޮށްފަ އެވެ.
އޭގެ އިތުރުން އިތުރުން ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ޝަބްނަމް މަގުގައި ހުރި ގެއަކާއި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ހަތްވަނަ ފްލެޓު ސަރަހައްދާއި މާލޭގެ ގަރާޖެއްވެސް ރޭ ވަނީ ފާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ސިފައިންގެ ރަސްމީ ބަހެއް ލިބިފައިނުވާއިރު ހައްޔަރުކުރި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު