މާލެއާއި ހުޅުމާލޭގައި އިއްޔެ 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މި އަހަރުގެ ރޯދަ މަސް ފެށުނީއްސުރެ ސްޓެލްކޯ އިން އަންނަނީ ކޮންމެ ދުވަހަކުވެސް ގްރާފެއް މެދުވެރިކޮށް އެ ދުވަހަކު ކަރަންޓު ބޭނުންކުރި މިންވަރާއި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތު އެނގޭނެހެން ކިޔައިދެމުންނެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، މާލެ އާއި ހުޅުމާލޭގައި އިއްޔެ 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާއިރު، މިއީ މި ރޯދަމަހު އެވަރަށް ކަރަންޓު ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން އެދިފައިވެ އެވެ.
ސްޓެލްކޯ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ ހެނދުނު 7 އިން ފެށިގެން ކަރަންޓު ބޭނުންކުރަމުން އައި މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެގޮތަށް ގޮސް އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ ހަވީރު 5 ޖެހި އިރެވެ.

2 Comments
ގުޅުންހުރި
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ