ގަބުރުތައް ނަގައި މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް، އާންމުން ރަތަށް!

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދައިފި އެވެ.

މާފަންނު ސަހަރާގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން ނިންމާފައިވާއިރު، މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ

ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ސޯޝަލް މީީޑިއާގައި އާންމުކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި މާފަންނު ސަރަހާގައި މިހާރު ވަނީ ބައިބަލާ ކުޅޭ ތަނެއް ހަދައިފަ އެވެ.

ނާޖިހު ވަނީ މީގެ ކުރިންވެސް މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ހުސްކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މާފަންނު ސަހަރާގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. އެ ސަހަރާއަކީ ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ތަނެވެ.