އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ޝަމްއާން، އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރެއްވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
ޝަމްއާން ވަނީ އިމިގްރޭޝަންގައި 14 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަން ކުރެއްވީނޮވެމްބަރު 19، 2023ގަ އެވެ. އޭރު އޭނާ ހުރީ އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފަ އެވެ.
އޭނާ އިމިގްރޭޝަން އޮފިސަރުކަމުން އޭރު ވަކިކޮށްފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
ނަމަވެސް 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޮތީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް އަންގައިފަ އެވެ.

1 Comment
ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި