އުތުރުތިލަފަޅު ހިއްކައިން ވިލިމާލެ ވަރުގެ ބޮޑު ޖަލެއް ހަދަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން

އުތުރުތިލަފަޅު ހިއްކައިގެން ވިލިމާލެ ވަރުގެ ބޮޑު ޖަލެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް/ ފަޅެއް ދޭ އުސޫލުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދާއެކު ގަރާރެއް ނެރުއްވައިފަ އެވެ.

އެ ގަރާރުގައިވާ ގޮތުން އުތުރުތިލަފަޅުގައި ތަރައްގީ ކުރާނީ ސެންޓްރަލް ޕްރިޒަން ކޮމްޕެލްކްސްއެކެވެ. އެ ޖަލު ތަރައްގީކުރުމަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގަކީ 60 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ޖަލު ހެދުމަށް އުތުރުތިލަފަޅުން 30 ހެކްޓަރުގެ ބިން ހިއްކުމަށް 30 މިލިއަން އަދި ޖަލު ކޮމްޕެލްކްސް ހެދުމަށް އިތުރު 30 މިލިއަން ޑޮލަރެވެ.

ރާއްޖޭގައި މިހާރު ހުންނަނީ ކަސްޓޯޑިއަލް ތިން ޖަލެވެ. އެއީ މާފުށި ޖަލާއި އައްސޭރި ޖަލެވެ. މާލޭގައި ކުރިން ހުރި ޖަލު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ ސަރުކާރުގެ މައި ޖަލަކީ މާފުށި ޖަލެވެ.

ކަސްޓޯޑިއަލް ޖަލުތަކެއްގެ ބަދަލުގައި ސެންޓްރަލް ނުވަތަ މައި އެއް ޖަލު ހެދުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.