ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ އެންމެންގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ 19 ޑިސެމްބަރު 2024 ގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭނެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދުގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އޭގެ އިތުރުން ވެސް ފުލުހުން ވަނީ އެޗްޑީސީގެ އިސް މަގާމުތަކެއްގައި ތިބި ބައެއް މީހުންގެ ޕާސްޕޯޓް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ހިފެހެއްޓި ހުރިހާ ޕާސްޕޯޓް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ޕާސްޕޯޓުތައް ހަވާލުކުރި ނަމަވެސް މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފަޒުލް ބޭބެ ފަޒީލުއަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުންނެވެ. އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށްފައި ހުންނަވަނިކޮށް 2024 ޑިސެމްބަރު 22 ގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ދެ ދުވަހެއް ފަހުން 2024 ޑިސެމްބަރު 24 ގައި ފުލުހުން ވަނީ ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ފަޒީލްގެ ފޯނު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ޖެހިގެންއައި ދުވަހު އަތުލައިފައެވެ.
ފަޒުލްގެ ގެއިން ފުލުހުން ވަނީ މިލިއަނަކަށްވުރެ ގިނަ ނަގުދު ފައިސާ ހޯދައިފަ އެވެ. ނަމަވެސް އެ ފައިސާއަކީ ކޮންމެވެސް ފަރާތަކުން ލޯންޗެއް ބަނުމަށް ހަވާލުކުރި ފައިސާ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައި އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި