އެއްވެސް ބަޔަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު ދުވަސް އިއުލާން ކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި އެހެންވެ އެއްވެސް މީހަކު އަމިއްލަ އަމިއްލަ އަށް އީދު އިއުލާން ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ރޯދަ މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި، ރާއްޖޭގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ އާއްމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.
”ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރުގެ ފިތުރު އީދު ދުވަހާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރު ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތުވެ ބަހުސެއް ވަނީ ފެށިފަ އެވެ. މައުމޫން ލަފާކުރައްވާ ގޮތުގައި އީދު ވާނީ މާޗު 30، ގަ އެވެ. ހަސަން ހަމީދު ލަފާކުރައްވާ ގޮތުގައި އީދު ވާނީ މާޗު 31، ގަ އެވެ.
މައުމޫން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށެވެ.




2 Comments
ގުޅުންހުރި
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ