ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ”އީދު ހަވީރު“ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި އެވެ.
އެމްއެންޑީއެފުން އިސްނަގައިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ އިތުރުން ސަލްޓަން ޕާކުގަ އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ވަނީ ސަންގު ފުމެފައިވާ ކަމަށެވެ.
އެއަށްފަހު އެމަނިކުފާނާއި އާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލައްވައި ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ އެ ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާ އީދު ސަލާންކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހަވީރު ނިންމަވާލެއްވުމުގެ ގޮތުން ހާއްސަ ކޭކެއްވެސް ވަނީ ގިނަ އަދަދެއްގެ ކުޑަކުންދިންނާއެކު ފަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި