އެމްއެންޑީއެފުން ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އީދު ހަވީރު މިއަދާއި މާދަމާ ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އީދު ހަވީރު ބާއްވާފައިވަނީ ސަޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގަ އެވެ. އެމްއެންޑީއެފުން އިސްވެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުލުހުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް އެކި ހަރަކާތްތައް އެ ސަރަަހައްދުގައި ކުރިއަށް ގެންދިޔަ އެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި އީދު ހަވީރުގައި ސިފައިން ތަމްރީންތަކުގައި ކުރިއަށް ގެންދާ ހަރަކާތެއްގައި ކުޑަކުއްޖު ބައިވެރިވަނީ — ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއެންޑީއެފުން ބުނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިއްޔެ އެ ސަރަހައްދަށް ޖަމާވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން އާއިލާތަކާ ސަލާމް ކުރައްވައިފަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް