އައްޑޫ ސިޓީ ހިތަދޫ އާރިކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އާރިކިޅި ތެރޭގައި މީހަކު ވެއްޓިފައި އޮވެގެން އެކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 9:33 ހާއިރު ކަމަށެވެ.
އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނާ ގޮތުން މަރުވެފައި އޮއްވައި ފެނުނީ ބިދޭސީ ފިރިހެނެކެވެ. ގައުމެއް އަދި ނޭނގެ އެވެ.



