ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްގެ މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ ވީއައިއޭ ޓާމިނަލް ހެދުމުގެ މަސައްކަތްކުރަމުންދާ ބިދޭސީންގެ މެދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވީ ކިހާ ބަޔަކަށް ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް އަނިޔާވެގެން ފަރުވާދެމުން އަންނަނީ ޗައިނާ އާއި އަރަބި ބަޔަކަށް ކަމަށް އެނގިފައިވެ އެވެ.



