އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އެ ޕާޓީގެ ބައެއް މެމްބަރުންނަށް ޝަމްހީދު މިއަދު ފޮނުއްވި މެސެޖުގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެގެން މިހާތަނަށް އިއުލާން ކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އޭނާ އެކަން ހާމަކުރެއްވީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް ގްރޫޕަށް ފޮނުއްވި މެސެޖުގަ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނެވުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ގެންގުޅުއްވަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވަ އެވެ.

ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒު
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް