ކުޅުދުއްފުށި ސިޓީގެ ފުލުހުންގެ ބަންދުގައި ހުރި އިތުރު މީހެއް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.
މިއީ، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓައި ހަފުތާއެއްގެ ތެރޭގައި ދަންޖެހުނު ދެ ވަނަ މައްސަލަ އެވެ. އަދި މިއީ އެ ސްޓޭޝަންގެ ބަންދުގައި ހުއްޓާ ދަންޖެހުނު ތިން ވަނަ މީހާ އެވެ.
އެ ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި މި އަހަރު އެންމެ ފުރަތަމަ ދަންޖެހުނީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގެ ތަހުގީގަށް މި މަހުގެ ދެ ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މީހެކެވެ. އެ މީހާ އޭގެ ދެ ދުވަސް ފަހުން ދަންޖެހިގެން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ މަރުވެފަ އެވެ.
އެފަހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިތުރު މީހަކު ވަނީ ދަންޖެން މަސައްކަތްކޮށްފަ އެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ގޮޅިއެއްގައި 2022 ވަނަ އަހަރު ވެސް މީހަކު ދަންޖެހެން މަސައްކަތްކުރި އެވެ. އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި