މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ، މާލޭ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ރޭ 11:58 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީގައި ހަމަލާދީ ޒަހަމްކޮށްލީ ނޭޕާލް ފިރިހެނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.


