ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ”ހަސަން ކުރުސީ“ގެ ނަމުގައި އެކައުންޓް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ކުރުސީ އެކްސްގައި މިފަހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ޗިޕުތަކެއް ރަޝިއާއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޗިޕުތައް ރަޝިއާއަށް ގެންގޮސްފައިވަނީ ރަޝިއާގެ އެއާލައިނެއް ކަމަށްވާ އެއިރޯފުލައިޓުން ކަމަށް ކުރުސީން ބުނެފައިވެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލާ ކަމަށް ކުރުސީ ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ރަޝިއާއިން، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ލިވަން އެސް ޖަގަރްޔަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިއާއާ ގުޅޭގޮތުން ކުރުސީ އެކައުންޓުން ކޮށްފައިވާ ޕޯސްޓްގެ ފަހަތުގައި ހުރީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
”އެއީ ޔޫރަޕުގެ ގައުމެއްގައި މިވަގުތު ފިލައިގެން އުޅޭ ރާއްޖޭގެ ކުރީގެ އިސް ސިޔާސީ ލީޑަރެއް“ ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ކުރުސީ މަސައްކަތްކުރަނީ އެމެރިކާއާ އެކު އެ ގައުމުން ބާއްވާ މަޝްވަރާތަކާއި އަދި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުމަށް ހީނަރު ކަމެއް ގެންނަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތައުރީފު ކުރައްވާ ސަފީރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންނަކީ އެ ކަމަށް ވަރަށް ބޮޑަށް އެހީވާ ކަމެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

3 Comments
ގުޅުންހުރި
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިސޯޓެއް ކައިރިން ކިނބުލެއް ފެނިއްޖެ
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް