ފުވައްމުލަކު ސިޓީގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ރ. އަލިފުށި/ އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (ކޫބެ) އެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގައި މަސައްކަތް ކުރަން ހުއްޓައި ހަބަރު ހުސްވެގެން ވެއްޓިގެންނެވެ. އަދި އޭނާގެ މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ. އެކަން އެ އިދާރާއަށް ރިޕޯޓްކުރީ މިއަދު މެންދުރު ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި