މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ސަލާހުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގެންފި އެވެ.
ޝައިހް ޑރ. ސަލާހުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.
އެ މަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުން ޝައިހް ޑރ. ސަލާހުލް ބުދައިރުގެ މި ދަތުރުފުޅަކީ އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އެ މިނިސްޓްރީން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އިޒުނަ ދެއްވަވައިފަ އެވެ.
ޝައިހް ޑރ. ސަލާހުލް ބުދައިރުގެ ދަތުރުފުޅުގެ ތެރެއިން:
- ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާނެ
- މިނިސްޓަރު ޝަހީމްއާ ބައްދަލުކުރައްވާނެ
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާނެ
- ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާއި ބައްދަލުކުރައްވާނެ
- ރާއްޖޭގެ ދީނީ އީލްމުވެރިންނާއި ބައްދަލުކުރައްވާނެ
- ކީރިތި ގުރުއާނާބެހޭ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވާނެ
- ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެ
އިސްލާމިކް މިނިސްޓްރީން ބުނީ ޝައިހް ޑރ. ސަލާހުލް ބުދައިރު އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަގުރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާނެ ކަމަށާއި އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވަވާނެ ކަމަށެވެ. އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް ޑރ. ސަލާހުލް ބުދައިރެވެ.

ގުޅުންހުރި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާން ނުކުރުމަށް ޝަހީމް އިލްތިމާސް
ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ
މާލޭގެ ހަތަރު ސަރަހަދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް! ރަމަޟާން މުބާރިކް
ޝައިހް އިލްޔާސްގެ ދަރުހެއް، ”ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް