މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. އެންމެން މިއަދު މި އުޅެނީ އޭއައިގެ ފަހަތުންނެވެ. މިފަހަކުން ޗެޓްޖީޕީޓީ މަޝްހޫރުކަން ހޯދާފައިވާއިރު އެންމެންގެ އިހުސާސްތަކާއި ކޮށްލަން ބޭނުންވާ ސުވާލުތައް މިއަދު ބަންޑުން ކޮށްލަނީވެސް އެއަށެވެ. މި ކަންތައްތަކުގެ ތެރެއިން އެމެރިކާގެ އަންހެނަކު މިވަނީ އޭނާއަށް ކެންސަރު ޖެހިފައިވާކަން ޗެޓްޖީޕީޓީ މެދުވެރިކޮށް ދެނެގަނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގައި ދިރިއުޅޭ އުމުރުން 40 އަހަރުގެ ލޯރެން ބެނަން ފުރަތަމަ ޑޮކްޓަރަށް ދެއްކީ އޭނާގެ ބަރުދަން ލުއިވެ ބަނޑުގައި ރިއްސަން ފެށުމުންނެވެ. ނަމަވެސް ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރު ނިންމީ ބެނަންގެ ހުރީ އާތުރައިޓިސް އާއި އެސިިޑް ރިފްލެކްސް ކަމަށެވެ.
ޑޮކްޓަރުގެ އެ ނިންމުމާ ބެނަން ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ އޭނާ އެހީ ޗެޓްޖީޕީޓީ ގާތުގަ އެވެ. ޗެޓްބޮޓުން ހެދި ދިރާސާއަށްފަހު ނިންމީ ބެނަންގެ ގައިގާ ހާޝިމޯޓޯ ޑިސީސް ހުރެދާނެ ކަމަށެވެ. ޗެޓްޖީޕީޓީ ދިން ލަފާ ރަނގަޅުތޯ ބެލުމަށް ތައިރޮއިޑްގެ ސްކޭންތަކެއް ހެދި އެވެ. އެ ސްކޭންތަކުން ދެއްކި ގޮތުގައި ބެނަންގެ ކަނދުރާގައި ކުޑަކުޑަ ދެ ގޮށް އިނެވެ. އެއީ ކެންސަރު ކަމަށް ފަހުން ކަށަވަރުވި އެވެ.
”ކުރިންވެސް ޗެޓްޖީޕީޓީ ބޭނުންކުރަން. ދެން ރިއުމެޓޮއިޑް އާތުރައިޓިސްގައި އަންނަ އަލާމާތްތައް ޓައިޕްކުރަން ފެށުމުން ޗެޓްޖީޕީން ބުނީ ހާޝިމޯޓޯ ޑިސީސް ހުރެދާނެ ކަމަށާއި ތައިރޮއިޑް ޕެރޮކްސިޑޭސް އެންޓިބޮޑީ (ޓީޕީއޯ) ލެވެލް ޗެކްކުރަން ޑޮކްޓަރު ގާތު ބުނަން. މިހެން ޗެޓްބޮޓް ރިޕްލައި އައީ. ދެން ޑޮކްޓަރު ކައިރީގައި އޭތި ޗެކް ކުރަން ބުނީމަ ބުނީ އެ ޓެސްޓެއް ނުކުރެވޭނެއޭ، އޭގެ ފެމިލީ ހިސްޓްރީއެއް ނެތޭ. އެކަމަކު އަހަރެން ބުނީ ޓެސްޓް ކޮށްދޭށޭ. ދެން ޓެސްޓު ކުރިއިރު މިވީ ތެދަަށް،“ ބެނަން ބުންޏެވެ.
ބެނަން އިތުރަށް ބުނީ އެހާ އަވަހަށް އެ ބަލި ހުރިކަން އިނގުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. އެހެންވެ ބެނަން، އޭނާގެ ފުރާނަ ސަލާމަތްކުރުމުގެ ކްރެޑިޓް ދެނީ ޗެޕްޖީޕީޓީ އަށެވެ.




1 Comment
ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!