ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ ގެ އިންޑިއާގެ ސިފައިން ނުކުމެ ތަޅާލައިފި އެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި އޭޕްރިލް 22 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ އެ ސަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
އިންޑިއާގެ ފުލުހުން ބުނާ ގޮތުން އެ ހަމަލާ ދިން މީހުންނަކީ ޕާކިސްތާނުގެ ލަޝްކަރުގެ ފެކްޝަނެއް ކަމަށްވާ ރެސިސްޓެންސް ފްރަންޓް (ޓީއާރްއެފް) އަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އާދިލް ހުސައިން ތޯކަރާއި ޕާކިސްތާނުގެ ދެ ރައްޔިތެއް ކަމަށްވާ އަލީ ބާއީ އާއި ހާޝިމް މޫސާގެ ކުރެހުން ހިމެނޭ ޕޯސްޓަރުތަކެއް ކަމާބެހޭ ފަރާތްތަކުން ވަނި އާންމުކޮށްފަ އެވެ. އަދި ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު މީހަކުވެސް ދަނީ ހޯދަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އާއިލާގެ މީހުންވެސް ވަނީ ސުވާލުކުރުމަށް ބަންދުކޮށްފަ އެވެ. އަދި އެ މީހުންގެ ގެތައް ވަށައިގެން ދަނީ ފުލުހުން ފޯރި މަރަމުންނެވެ.




ގުޅުންހުރި
ޕާކިސްތާނުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަފްޣާނިންތާނަށް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
”ނިޕާ“ ވައިރަސް ފެތުރޭތީ، އޭޝިއާގެ ބައެއް އެއާޕޯޓުތަކުގައި ސިއްހީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!