މިމަހުގެ18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފޮ ހޯދުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާ ރޫޅާލަން ޖެހުނީ އާންމު ރައްޔިތުންނާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ބަލާފައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ”މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވުމާ އެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހު، މިރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި އެއްވުން ރުޅާލާފައި. މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު،“ ކަމަށެވެ.
ފުލުހުން ވަނީ އެ މުޒާހަރާގެ ތެރެެއިން ދެ ޒުވާނަކު ހައްޔަރުވެސް ކޮށްފަ އެވެ.
މިރޭ ޒުވާނުންގެ މުޒާހަރާގެ ތެރެއިން މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅެފައިވެ އެވެ. އެއީ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތައްކެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަ އެވެ.
މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންނާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ބަލާފައި: ފުލުހުން

6 Comments
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި