ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކާ ފުލުހުން ސުވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބާރަށުގައި ސިހުރު ހަދަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމުން އެ ރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި އަށް ތަނެއް ބަލައިފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ އިތުރުން އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނާ ސުވާލުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.









