އެމެރިކާގެ ޓެކްސަސް އިން މީގެ ހަތް އަހަރު ކުރިން ގެއްލުނު އަންހެން ކުއްޖަކު ހޯދަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނުވަ އަހަރުގެ އެ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާގެ މަންމަ، މެރީ ގޮންޒާލޭސް، 33، މަރުވާނާ ބޭނުންކުރި މައްސަލައެއްގައި ހައްޔަރުކޮށް ހިންގި ތަހުގީގުގެ ތެރެއިންނެވެ.
އެ ތަހުގީގުގެ ތެރެއިން އެ އަންހެން މީހާގެ ހަތް އަހަރުގެ އަންހެން ދަރިފުޅު އަލަމާރީގައި ހަފުތާތަކެއް ވަންދެން ބަންދުކޮށް ބަނޑަށް ބެހެއްޓި މައްސަލައެއްވެސް ފެންމަތިވި އެވެ. އެ ކުއްޖާ ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މާމަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަތް އަހަރުގެ ކުއްޖާ އަލަމާރީގައި ބަންދުކޮށްފައި ބެހެއްޓި އިރު، އެ ކުއްޖާއަށް ކާން ދިނީ ހެނދުނު ހޮޓް ޑޯގެއް އަދި ރޭގަނޑު ކޯން ޑޯގެކެވެ. އަދި ކޮންމެ ދުވަހަކު ދެނީ ބައި ތައްޓެއްގެ ފެނެވެ.
ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ އުޅުނު ގޭގައި އުމުރުން 2 އަހަރާއި 14 އަހަރާ ދެމެދުގެ އިތުރު ހަ ކުއްޖަކު އުޅެ އެވެ. ނަމަވެސް އަށް ވަނަ ކުއްޖަކު އެ ގެއަކު ނެތެވެ. އާވާ މެރީ ގޮންޒާލޭސް ނަމަކަށް ކިޔާ އެ ކުއްޖާ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އާއިލާ އާއި ރައްޓެހިންނަށް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭއައި ބޭނުންކޮށްގެން ޖެނެރޭޓް ކޮށްފައިވާ މޭރީ ގެ ފޮޓޯތައް މިހާރު އާންމުކޮށްފައިވާއިރު، ޓެކްސަސް ފުލުހުން ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް