ފެން ބިލު ނުދެއްކި ގިނަ ދުވަސްވެގެން މިދިޔަ ޑިސެންބަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.
އެ ކުންެފުނިން މިއަދު ބުނީ އެއީ ކަސްޓަމަރުންނަށް ފެން ބިލު ދެއްކުމުގައި ލުއި މަގެއް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ހަމަޖެެއްސި ގޮތެއް ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން ބޭނުންވާ މައުލޫމާތެއް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
”ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވާ ހަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ގަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ“ އެމްޑަބްލިޔުއެސްސީން ބުންޏެވެ.



