ފުލުހުން އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ޑިޕާޓްމެންޓުތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނީ މި ބަދަލުތަކުގެ ދަށުން ނުވަ ޑިޕާޓްމެންޓެއްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ވަނީ ކަނޑައަޅާފައި ކަމަށެވެ.
އެގޮތުން، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ޑިޕާޓްމެންޓުތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ބަދަލުތަކާ ގުޅިގެން، ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު އައްޔަންކުރައްވާފައިވާއިރު ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވަނީ ކަނޑައަޅުއްވާފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހު، ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވަނީ އައްޔަންކުރައްވާފައި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން، އަދި ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު ވަނީ އައްޔަންކުރައްވާފައި ކަމަށް ފުލުހުން ބުންޏެވެ.
ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ ސެކިއުރިޓީގެ މަގާމަށް ކަނޑައަޅުއްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ކަމަށް ފުލުހުން ބުންޏެވެ.
އެ ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.




2 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި