އެފްރިކާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިގެން މިހާތަނަށް 1،750 މީހުން މަރުވެއްޖެ ކަމަށް އެފްރިކާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެފްރިކާ ސީޑީސީގެ ޗީފް އޮފް ސްޓާފް އަދި އެގްޒެކެޓިވް އޮފީހުގެ ހެޑް އެންގާޝީ އެންގޮންގޯ ވިދާޅުވީ އެފްރިކާގެ 24 ގައުމެއްގައި އެމްޕޮކްސް ފެތުރެމުންދާ ކަމަށާއި މިދިޔަ އަހަރުން ފެށިގެން އެ ގައުމުތަކުން 129،711 ކޭސް ރެކޯޑް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 29،609 މީހުން ކަމަށްވެސް ވިދާޅުވި އެވެ.
އެފްރިކަން ޔޫނިއަން (އޭޔޫ)ގެ ސްޕެޝަލައިޒްޑް ހެލްތް ކެއާ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނިވެސް އެފްރިކާ ބައްރުން އެމްޕޮކްސްގެ 3،553 ކޭސް ފެނިފައިވެ އެވެ. އަދި 12 މީހުން ބަލީގައި ވަނީ މަރުވެފަ އެވެ. މިދިޔަ ހަފުތާގައި ޕޮޒިޓިވްވި މީހުންގެ 93.3 ޕަސެންޓް ނިސްބަތްވަނީ ސިއެރަ ލިއޯން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ޔުގެންޑާއަށެވެ.
އެފްރިކާގައި ހަލުވިކަމާއެކު އެމްޕޮކްސް ފެތުރެމުންދާ އިރު، އެފްރިކާ ސީޑީސީން މިދިޔަ އޮގަސްޓް މަހު ވަނީ އެމްޕޮކްސް ބަލިމަޑުކަމަކީ މުޅި އެފްރިކާ ބައްރަށް އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިއުލާންކޮށްފަ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ވައިރަލް ބައްޔަކީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.

ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު
އިޒްރޭލަށް ޚާމަނާއީގެ އިންޒާރު: ތި ތައްޔާރުވީ އަމިއްލަ ނެތިދިއުމަށް، ހަރުކަށި އަދަބެއް