މި އަހަރު ހައްޖަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރު ހައްޖަށްދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓްގެ އިތުރުން 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަ ގުނަ މަސައްކަތްތަކަށްޓަކައި ބީއެމްއެލްއަށް ރައީސް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.ރައީސްގެ މި އެދިވަޑައިގަތުމާއެކު ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑުން 2،000 ޑޮލަރު ބޭނުން ކުރެވޭނެ އެވެ. އެއީ މިހާރު އެ ކާޑަށް އޮންނަ 250 ޑޮލަރުގެ ލިމިޓުގެ އިތުރުން ރައީސް އިތުރު ކޮށްދެއްވަން އެދިވަޑައިގެން 1،750 ޑޮލަރު ލިމިޓާއެކު އެވެ.
ރައީސް ވަނީ މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދިޔަ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއްވެސް ހަމަޖައްސަވައި ދެއްވައިފައެވެ.

ގުޅުންހުރި
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް