ސްކައުޓް ކުދިންގެ ސްކާފް އާއެކު ބޭނުންކުރާ ވޮގްލްއަށް ހާއްސަ ޕޭޖެއް ހުޅުވައިފި އެވެ.
’ވޮގްލް އެމްވީ’ގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އޮންލައިން ފިހާރައަކީ ސްކައުޓް ކުދިންނަށް ބޭނުންވާ އެކި ކަހަލަ ވޮގްލް ވިއްކާ ފިހާރަ އެކެވެ. މިއީ ރާއްޖޭގައި ވޮގްލްއަށް ހާއްސަކޮށްގެން ހަދާފައިވާ ފުރަތަމަ އަދި ހަމައެކަނި ޕޭޖެވެ.
އެ ޕޭޖުން 20 އަށްވުރެ ގިނަ ވައްތަރުގެ ވޮގްލް ވިއްކަމުންދާއިރު، އޭގެ ތެރޭގައި ޕްލާސްޓިކް އަދި ދަގަނޑު ވޮގްލްވެސް ހިމެނެ އެވެ. އެ ޕޭޖުން ގިނައިން ވިއްކަނީ ’ވަން ޕީސް‘ ވޮގަލް އެވެ.
އެ ވޮގްލްތައް ސްކައުޓުންނަށާއި ކަބް ސްކައުޓުންނަށްވެސް ބޭނުން ކުރެވޭނެ އެވެ. ކޮންމެ ވޮގްލްއަކީވެސް އެތައް ދުވަހެއް ވަންދެން ގެންގުޅެވޭނެ އެއްޗަކަށްވާތީ ވޮގްލް އެމްވީން ވޮގްލް ވިއްކަނީ ވަރަށްވެސް ހެޔޮ އަގެއްގަ އެވެ.
ވޮގްލް ފިހާރަ އިން ބުނާ ގޮތުގައި އެ ފިހާރަ އިން ގަންނަ ކޮންމެ އެއްޗެއް މާލޭގެ ކޮންމެ ތަނަކަށާއި ބޯޓްތަކަށާއި ފެރީތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. ހުޅުމާލެއަށް ޑެލިވަރީ ކޮށްދިނުމަށް ކުޑަ ފީއެއް ނަގަ އެވެ.
ވޮގްލް އެމްވީން ވޮގްލް ގަންނަން ބޭނުންވާ ނަމަ 9741666 އަށް ވައިބާ/ ވަޓްސްއެޕް ކޮށްލުމުން ލިބެން ހުރި ވޮގްލްތަކުގެ ވައްތަރާއި އަގު ބުނެދޭނެ އެވެ. އަދި ޕޭޖަށް މެސެޖު ކޮށްގެންވެސް ވޮގްލް ގަނެވޭނެ އެވެ.
އެކި ކަހަލަ ވޮގްލް އެއްކޮށް ގެންގުޅުމަކީ ގިނަ ސްކައުޓުން ވަރަށް ކުރާ ހިތްވާ ކަމެކެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް