ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލް ލާމަރުކަޒީ ކޮމިޓީން ރޭ ދަންވަރު ބައްދަލުވުމެއް ބާއްވައި ފާސްކޮށްފި އެވެ.
ލާމަރުކަޒީ ކޮމިޓީން އެ ބައްދަލުވުން ބާއްވާފައިވަނީ ރޭ 12:30 ގަ އެވެ. އެ ކޮމިޓީން ބައްދަލުވުން ބާއްވާފައިވަނީ އެންމެ 11 މިނިޓަށެވެ. ކޮމިޓީން ބިލް ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.
އަދި ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހު ފާސްކުރަން ހިމަނައި މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވީ ވެސް ރޭ ފަތިހު އެވެ.
މިހާރު ހިނގަމުން އަންނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވަން ތާވަލު ކޮށްފައި ވަނީ މިއަދުގެ މެންދުރު އެކެއް ޖަހާއިރަށެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ. މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަ ވާނީ، އަންނަ އަހަރު މެއި 17އަށެވެ.

2 Comments
ގުޅުންހުރި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
ބަންޑާރަ ނައިބު އޮފީހުގެ ބާރުތަކެއް ރައީސްއަށް ލިބޭ ބިލު ފާސްކޮށްފި
ކައުންސިލްތަކަށް ދޭ ފައިސާ ބޭނުމެއް ނުކުރޭ, މިދިޔަ އަހަރު ވެސް 1.4
ޝުޖާއުއަށް ޖޮއިންޓް ކޮމިޓީގެ މުގައްރިރުކަން ދީފި