ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އިއްޔެ 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެނބުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެބެނިކޮށް ސަލާމަތްކޮށްދިނީ ރާއްޖޭގެ ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ގެނބުނު މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
ނޯތު ހާބަރު ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދެއް ނޫނެވެ. އެއީ ގިނަ އަދަދެއްގެ ލޯންޗުތަކާއި އެހެނިހެން ކަނޑު އުޅަނދުތައް ދަތުރުފަތުރުކޮށް ހަދާ ސަރަހައްދެކެވެ.



