މި އަހަރު ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އިވެލުއޭޝަންތައް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފަށައިފި އެވެ.
ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެވޯޑްގެ އިވެލުއޭޝަންތައް ނޭޕާލްގައި ފަށާފައި މިވަނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަދި ބެންގަލޫރުގައި އިވެލުއޭޝަންތައް ކާމިޔާބުތަކާއެކު ނިންމާލުމަށްފަހު އެވެ.
ސަޓާ އިން ބުނީ، ނޭޕާލްގެ އިވެލުއޭޝަންތައް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދާނެ ކަމަށެވެ. އެއަށްފަހު އެވޯޑްގެ ފަނޑިޔާރުން ދެން ދާނީ ބޫޓާންގެ ޕާރޯއަށް ކަމަށްވެސް ބުންޏެވެ.
ސަޓާ އެވޯޑުގައި ބައިވެރިވުމަށް އަދި އިވެލުއޭޝަން ޕްރޮސެސްއަށް އެއްވެސް ފީއެއް ނުނަގާއިރު، ސަޓާއަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި، ގައުމުތަކަށް ފަނޑިޔާރުން ގޮސްގެން އިވެލުއޭޝަން ހަދާ ހަމައެކަނި ޓްރެވަލް އެވޯޑެވެ.
އެގޮތުން އެވޯޑުގައި ފަނޑިޔާރުކަން ކުރައްވާ އެކި ގައުމުތަކަށް ނިސްބަތްވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލުން އަށް ސިޓީއަކަށް ދަތުރުކުރާއިރު، ނޮމިނީސްގެ ހުށަހެޅުން ސީދާ ފަނޑިޔާރުންނަށް ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.
މިއީ ސަޓާ ބާއްވާ 9 ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑް ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ސްރީ ލަންކާގަ އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ