އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ކައިރީގައި ބަޑިން ހަމަލާދީ މަރާލި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފުންނަކީ ދެ ލޯބިވެރިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކެޕިޓަލް ޖުވިޝް މިއުޒިއަމް ކައިރިން މަގުމަތިން ދަނިކޮށް މަރާލާފައިވަނީ ޔަރޮން ލިޗިންސްކީ އާއި ސާރާ މިލްގްރިމް އެވެ.
އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަނީ އެ ދެ ލޯބިވެރިން މަރާލި އިރު، އަންނަ ހަފުތާގައި އަންހެން މީހާ ކައިރީގައި ކައިވެންޏަށް އަހަން ފިރިހެން މީހާ ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމަށް އަނގޮޓިއެއްވެސް ފިރިހެން މީހާ ގަނެފައިވާ ކަމަށްވެސް ބުންޏެވެ.
އެ ދެ މީހުންގެ މަރުގެ މައްސަލަގައި 34 އަހަރުގެ އެލިއާސް ރޮޑްރިގޭޒް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ ބަޑި ޖެހުމަށްފަހު ފަލަސްތީންގެ މިނިވަން ކަމަށް ގޮވާލައިފަ އެވެ.
މި މައްސަލައިގައި ވޮޝިންގްޓަންގައި ހުންނަ އެމެރިކާގެ އެޓާނީގެ އޮފީހުން ވަނީ ރޮޑްރިގޭޒްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދެ ދައުވާއެއް އުފުލައިފަ އެވެ. އޭގެ އިތުރުން ބޭރުގެ އޮފިޝަލަކު މަރާލިކަމުގެ ދައުވާ އާއި ހަތިޔާރު ބޭނުން ކޮށްގެން މީހަކު މެރިކަމުގެ ދައުވާވެސް އުފުލާފައިވެ އެވެ. އަދި ޓެރަރިޒަމްގެ ދައުވާވެސް އުފުލަން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!