ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 ގައި 275 ވަނައެއް ހޮވައި އިނާމު ހަވާލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒެވެ. އެ އެކްސްޕޯގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރި އިރު، އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ. ތުޅާދޫންނެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ 14 ގިންތިއަކުން އަދި 82 ސަބް ގިންތިއަކުން ވަނަތައް ހޮވައިފަ އެވެ. އޭގެ ތެރޭގައި މުޅި މައުރަޒުން އެންމެ މަތީން މާކްސް ހޯދި ފަސް އުފެއްދުމަށް ރަން ވަނަ އާއި އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތައް ހިމެނެ އެވެ.
ރަންވަނަ ހޯދި ފަރާތްތައް:
- ހ. ހުޅުދުއްފާރު އާގެ/ ލުޖައިން އަލީ ވަހީދު
- އަބުޑީ މޯލްޑިވްސް
- މޯލްޑިވްސް ޕޮލިޓެކްނިކް
- ރ. އިނގުރައިދޫ/ ގަރާޑީގެ، މުހައްމަދު މޫސާ
- އަލީ މާހިރު
އެކި ދާއިރާތަކުން 1 ވަނަ ހާސިލްކުރި ބައިވެރިން:
- އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ: ލުޖައިން އަލީ ވަހީދު
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: ގއ. ވިލިނގިލީ ކައުންސިލްގެ އިދާރާ
- ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
- ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ: ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
- ތައުލީމު ދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ: މޯލްޑިވްސް ޕޮލިޓެކްނިކް
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ: ފާތުމަތު ޝަފަގް، ރެޑިއަމުގެ/ތ. ވިލުފުށި
- ޖަމިއްޔާ ޖަމާއާތްތަކުގެ ދާއިރާއިން 1 ވަނަ: ވިމެން އޮންޓަޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސް
- މުޅި މައުރަޒުން 1 ވަނަ ސިޓީ/ރަށް: އައްޑޫ ސިޓީ ހިތަދޫ
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ: ސްޓެލްކޯ

ގުޅުންހުރި
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު
ރައީސް އޮފީހުން ހަލާކުވެފައިވާ އޭސީތަކަކާއި ހޮޅިތަކެއް ނީލަމުގައި ވިއްކާލަނީ
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި