މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުގައި ހުއްޓާ އިއްޔެ ދޫވި ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް އިއްޔެ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރާތީ ފުލުހުން ރައުދުއަށް ކުރަނީ ކޮން ކުށެއްގެ ތުހުމަތެއްކަން ނޭނގެ އެވެ. އެކަން ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ. ފުލުހުން އިއްޔެ ހެނދުނު ރައްދު ބަންދުން ދޫކޮށްލި އިރު، ރައުދުގެ ފަރާތުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ މެންދުރަށް ތަވާލުވެސް ކުރި އެވެ.
”ހަފްތާ“ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ފުލުހުުން ރައުދު ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް ކޯޓުން ރައުދުގެ ބަންދު ޖަހާފައިވާތީއާއި އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެވެ. ހައިކޯޓުން އެ މައްސަލައިގައި ރައުދު ބަންދުން ދޫކޮށްލަން އަމުރުކޮށްފި ނަމަ ދެން ފުލުހުންނަށް ރައުދު އަލުން ހައްޔަރު ނުކުރެވޭނެ ކަމުގެ އިހުތިމާލު އޮތުމަކީ ވެސް ރައުދު ބަންދުން ދޫކުރި ސަބަބެއް ކަމަށެވެ.




ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި