ހަވާއީގައި ހުންނަ ދުނިޔޭގެ އެންމެ އެކްޓިވް އެއް އަލިފާން ފަރުބަދަ ކަމަށްވާ ކިލައޫއޭއާ އަލިފާން ފަރުބަދަ ގޮވައި 1000 ފޫޓު އުސްމިނަށް ލާވާ އަރައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފަށައިގެން އެ އަލިފާން ފަރުބަދައިން ލާވާ ފައިބަމުންދާއިރު ލާވާ 1000 ފޫޓުގެ އުސްމިނަށް އަރަން ފެށީ އިއްޔެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފަށައިގެން ކިލައޫއޭއާ ފަރުބަދަ ގޮވަމުން އައިސްފައިވާއިރު އެ ފަރުބަދައިން ލާވާ ފައިބަން ފަށާފައި މިވަނީ 23 ވަނަ ގޮވުމަށްފަހު އެވެ.
މި ގޮވުމާއެކު ބޯދުންތަކާއި ވިހަ ގޭސްތައް 5000 ފޫޓުގެ ދުރުމިނަށް ފެތުރިފައިވާއިރު، ހަވާއީގެ އޮފިޝަލުން ވަނީ ނުރައްކާތެރި ގޭސްތައް ފެތުރިފައިވާތީ އެކަމުގެ ސަބަބުން ނޭވާލުމުގެ މައްސަލަތަކުގެ އިތުރުން އެ ނޫންވެސް ސިއްހީ މައްސަލަތައް ދިމާވެދާނެތީ ސަމާލުވާން އަންގައިފަ އެވެ.
އަދި ފަރުބަދަ ހުންނަ ސަރަހައްދުގައި އުޅޭ މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށްވެސް ވަނީ އަންގައިފަ އެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ