މާލޭ ރެޑްވޭވް ޕްލާޒާ އިން ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ބަންދުކުރަން އަމުރުކޮށްފައިވަނީ ހދ. ހަނިމާދޫއަށް އުފަން37 އަހަރުގެ ފިރިހެނެކެވެ. ވައްކަންކުރުމުގެ ކުށުގައި އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރި އެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ފިހާރަ ހަރުން ސްނިކާ ބްރޭންޑްގެ 50 ގްރާމްގެ ޗޮކްލެޓެއް ވަގަށް ނަގައި، ޗޮކްލެޓް ކާލައިގެން އޭގެ ކަރުދާސްގަނޑު ޖީބަށްލީތަން އެ ވަގުތު ފިހާރައިގެ ކެމެރާ ފުޓޭޖު ބަލަން އިން މީހާއަށް ފެނިގެން އައިސް އޭނާ ހުއްޓުވައި ފުލުހުންނަށް ގުޅުމުންނެވެ.
ބަންދު މަޖިލީހުގައި ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހާ ވަނީ އޭނާ ވަގަށް ނެގި ކަމަށް ބުނަނީ 14 ރުފިޔާއަށް ދޭ ޗޮކްލެޓެއް ކަމަށާއި އެހެންވެ އެހާ ގިނަ ދުވަހު ބަންދުގައި ނުބެހެއްޓުމަށް އެދިފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން މިއީ މި މީހާ ހައްޔަރުކޮށްގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އެގޮތުން މި އަހަރު ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ކަމަށާއި އޭގެ ތެރޭގައި ވައްކަމުގެ މައްސަލަ ވެސް ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.
ބަންދު އަޑުއެހުން ކުރިއަށް ގެންދެވި ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝީދު އަމުރު ކުރެއްވީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. ސަބަބެއް ކަމަށް ބުނެފައި އޮތީ އޭނާ ބަންދުން ދޫކޮށްފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކާ ކަމަށެވެ.

1 Comment
ގުޅުންހުރި
ސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ އެމްޑީ
ސިވިލް ސާވިސް ކޮމިޝަނަށް ތިން މެންބަރަކު އައްޔަނުކޮށްފި
ބްލެކްމެއިލްކޮށް، ބިރުދައްކައި، އޮރިޔާންކޮށް ވީޑިއޯ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ތިނަދޫގެ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފި،
އައްޑޫގައި ފިލްމު ބަލާފަައި ނުކުމެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ