ހައްޖުގެ އަޅުކަން އަދާކުރުމަށް އިއްޔެގެ ނިޔަލަށް 1.4 މިލިއަން ހައްޖުވެރިން ސައުދީ އަރަބިއާ އަށް އެތެރެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސައުދީއަށް އެތެރެވާ މީހުންނާއި ބޭރަށް ފުރާ މީހުން އަދި ޕާސްޕޯޓްގެ ކަންކަން ބަލަހައްޓާ އެ ގައުމުގެ ސަރުކާރު އިދާރާ، ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް އިން ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް ސައުދީގެ އެކި ޕޯޓްތަކުން 1،396،644 ހައްޖުވެރިން ވަނީ އެ ގައުމަށް އެތެރެވެފަ އެވެ.
އޭގެ ތެރެއިން 1,326,323 ހައްޖުވެރިން އެތެރެވެފައިވަނީ އެއާޕޯޓްތައް މެދުވެރިކޮށެވެ. އެއްގަމު މަގުން 65,228 އަދި ކަނޑުމަގުން 5،093 ހައްޖުވެރިއަކު ސައުދީއަށް އެތެރެވެފައިވާ ކަމަށްވެސް ބުންޏެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެ އިން ދާން ހަމަޖެހިފައިވާ 1،000 ހައްޖުވެރިންވެސް މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ. ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕް މައްކާ އަށް ގޮސްފައިވަނީ އިއްޔެ އެވެ.
މި އަހަރުގެ އަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.




ގުޅުންހުރި
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ