މިނިވަން ދުވަހާ ދިމާކޮށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ ’ހައި ލެވެލް ކޯގްރޫޕު’ގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިދިޔަ ހަފްތާގައި ދިއްލީއަށް ކުރެއްވި ދަތުރުގައި، ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މޯދީއަށް ދެއްވި ދައުވަތު ވަނީ އާ ކުރައްވައިފަ އެވެ.
އެ ދަތުރުފުޅުގެ ސީދާ ތާރީހެއް އަދި މުޅިން ފައިނަލް ނުވިޔަސް، އިންޑިއާ ސަރުކާރުން ވިސްނަމުންދަނީ، ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ