މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ ވާޖިބު ކަމެއް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”އެކަކު އަނެކަކަށް އެހީތެރިވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންކަމުން ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަމަށް ބުންޏެވެ.
އަދި މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއްގެ އިތުރުން މުއުމިނުންގެ ސިފައެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، އަހަރެމެންގެ ތެރޭގައި އުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިވެ، އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. ހާއްސަ ގޮތެއްގައި އެ ކުދީންގެ ތެރޭގައި އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭންޖެހޭ ކުދީންތަކެއް އެބަ ތިބި ކަމަށް ބުންޏެވެ.
އެގޮތުން ލޭ އަޅަންޖެހިފައިވާ ކުދިންނަކީ އަހަރެމެންގެ މުޖުތަމައުގެ އެއްބައި ކަމަށާއި އެ ކުދިންނަށް ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ ﷲގެ މަގުގައި ކުރެވޭ ސަދަގާތެއް ކަމަށް ބުންޏެވެ. އަދި އެއީ ފުރާނައަކަށް ދިރުންދިނުމަށްޓަކައި ކުރެވޭ ގުރުބާނީއެއް ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ތިމާގެ އަހާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެ އެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް، ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށްދެއްވާނެ އެވެ. އަދި މުސްލިމެއްގެ އައިބެއް ސިއްރުކޮށް، ފޮރުވައިދީފި މީހާގެ އައިބުތައް މާތް ﷲ ގިޔާމަތް ދުވަހުގައި ސިއްރުކުރައްވައި ފޮރުއްވައިދެއްވާނެތެވެ،“
ހުތުބާގައި އިތުރަށް ބުނީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައެއްގެ އަފުރާދުން އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށެވެ. އެކުވެރިކަމާއި އުހުތްވަތްތެރިކަމަކީ ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުއޫރެއް ކަމަށާއި އެއީ އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށް ބުންޏެވެ.

ގުޅުންހުރި
ފިރުއައުނު އަރަގުވި ހާދިސާއިން އެނގެނީ ﷲ ކާފިރުވެ ދުނިޔެ ފަސާދަކުރާ މީހުން
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ކިބުރުވެރި ނުވެ، ހިތްތިރިކަމުގެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ:
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި