އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުމުގެ ސަބަބުން 141 މީހަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އަދި ވަގުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހަވީރު މަގުތަކުގައި ފުލުހުންގެ އަދަދު އިތުރުކޮށް ހަވީރު ވެހިކަލް ދުއްވި ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެގޮތުން ހަވީރު ސައިކަލް ދުއްވި 11 ފަރާތެއް ޖޫރިމަނާކޮށް، 141 މީހަކަށް ނަސޭހަތް ދީފައިވާނެކަމަށް ފުލުހުން ބުންޏެވެ. އަދި ލައިސަންސްނެތި ދުއްވި އެކަކަށް، މުއްދަތު ހަމަވެފައިވާ ލައިސަންސެއްގައި އުޅަނދު ދުއްވި އެކަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވި އެކަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި