އީރާނާއި އިޒްރޭލާ ދެމެދު ކުރަން ފެށި ހަނގުރާމައާ ހެދި އިޒްރޭލުގެ ޔަހޫދީ ލީޑަރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅު އަވްނާ ނަތަންޔާހޫގެ ކައިވެނި ކެންސަލްކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ހިބްރޫ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަވްނާގެ ކައިވެނި ބާއްވަން ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ.
އަވްނާގެ ކައިވެނި ކެންސަލް ކުރި އިރު, ހަމާސްގެ ހައްޔަރުގައި ތިބި އިޒްރޭލު މީހުން މިނިވަން ނުކުރަނީސް ނަތަންޔާހޫގެ އާއިލާ އިން ބޮޑު ހަފުލާއެއް ބާއްވަން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފަ އެވެ.



