އީރާނުން ރޭ އިޒްރޭލަށް ދިން ހަމަލާތަކުގައި އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޒްރޭލުގެ ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން މަރުވި އަށް މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަކުއްޖަކާއި 12 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެ އެވެ.
ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ. އެ މީހުންނަށް ފަރުވާ ދެމުންދަނީ ހަތަރު ހޮސްޕިޓަލެއްގަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ހަމަލާތަކުގައި އަށް މީހަކު މަރުވި އިރު، އީރާނުން ދިން ހަމަލާއެއް އަމާޒުވި އިމާރާތެއްގެ ދަށުވެ 35 މީހަކު ގެއްލިފައިވާ ކަމަށް އަލް ޖަޒީރާގައި ބުނެފައިވެ އެވެ.



