ޖޫން 18, 2025

މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިންގެ ތެރެއިން ބޮޑު ޕަސެންޓެއް ޕިރަމިޑް ސްކީމެއް ކަމުގައިވާ ޖީއެމްސީއީ (ޖެމްކިއު) ބޭނުންކުރާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސްކީމެއް ނޫނެވެ. އެހެންކަމުން އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށާއި އެއީ ޕިރަމިޑް ސްކީމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ. އެހެންވެ އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 70 ޕަސަންޓް ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ޕޮލިހުންގެ 80 ޕަސަންޓު ބޭފުޅުންނާއި ޖުމުލަ 70،000 ރައްޔިތުން ޖީއެމްސީއީ ބޭނުންކުރާ ކަމަށެވެ. އަދި އެކަން ކުރަނީ އޭގެން ނަފާ ލިބޭތީ ކަމަށްވެސް ވިދާޅުވި އެވެ.

”ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޖީއެމްސީއީގެ ސަބަބުން ޖީއެމްސީއީ ބޭނުންކުރައްވާ ބޭފުޅުންނަށް ބޮޑުތަނުން ފައިދާވެ، ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކައި، ލުއި ލޯނުތައް ދައްކައި، އެ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން. އެކި މުނާސަބަތުތަކުގައި ރަށްފުށުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދުތަކުން ސްޕޮންސާ ދެއްވާކަން،“ އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ޖީއެމްސީއީ ބޭނުންކުރަމުންދާއިރު އެއްވެސް ރައްޔިތަކަށް ގެއްލުން ވެފައިނުވާ ކަމަށެވެ. އަދި ޖީއެމްސީއީ އާ ގުޅޭ ގޮތުން ނޫސްބަޔާންތައް ނެރުނު ނަމަވެސް ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖީއެމްސީއީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

9 Comments

  • Fathimath Xai ޖޫން 17, 2025

    Dhen kihine thikan hutteynee

  • Adam Sharyf ޖޫން 17, 2025

    Ruhdhashu Faxun

  • Azhym Mohamed ޖޫން 17, 2025

    މިގައުމުގަ ހިގާ ގޯސްކޮއްމެ ޢަމަލެއްގެ މުލުގަތިބޭނީ ތިމީހުން

  • Shareefa Manike ޖޫން 17, 2025

    Konme bayaku beynun kuriyas haraam kameh halaaleh nukureveyne

  • MA N CY ޖޫން 17, 2025

    Abdulla Nihaadh kulhen tha

  • Mohamed Rasheed ޖޫން 17, 2025

    މިގައުމުގަ ހަރާން ކަމާ ހަލާލްކަންވަނި އޮޅިފަ
    ޖެމްކިއު ހަރާމް
    ބެންކް ރިބާ ހަލާލް
    ގަޔައްބާރު އައުރަ ނިވާ ނުވާ ހެދުން ލައިގެން އުޅުން ހަލާލް
    ރާ ވިއްކާގެން ލިބޭ ލާރި ހަރާމް އެކަމް އެތެރެކުރުން ހަލާލް
    މަސާޖް ޕާލާ ހިންގުން ހުއްދަ ސްމޫތީމަސާޖް ހަރާމް އެވެސް ބޮޑުން ރުޅިއަންނަ މީހަކު ކޮއްފިއްޔާ
    ޕެންސަން ފަންޑު ހަލާލް
    އުޅަދު ތަކުން އިސައރެންސު ހަލާލް އެއްޗަކައް ގެއްލުންވީމަ ހަދާދިނުން ހަރާމް
    ސަރުކާރު މާލިއަތުން ބޮޑުކޮން ވައްކަން ކުރުން ހަލާލް
    ރިހާކުރު ވައްކަން ހަރާމް

  • Ahmed Roman WC ޖޫން 17, 2025

    Abbas Baraabaru
    Thedha bunefi eve

  • Ayya Publo ޖޫން 17, 2025

    Poker kulhey tha mi gaumuga?

  • ابراهيم عمران ޖޫން 17, 2025

    Dhen abbas nun enmen

Leave a Reply