މާލޭ ގެއެއްގެ ދެވަނަ ބުރިން ވެއްޓުނު އަންހެނަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މައްޗަންގޮޅިގައި ހުންނަ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓުނު މައްސަލައެއް ރޭ ފަތިހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ވެއްޓިފައިވަނީ 42 އަންހެނަކު ކަމަށެވެ.
އެ އަންހެން މީހާގެ ދެ ފައިގެ ކުޑަ ހުޅުން ނެއްޓި އޯޕަން ފްރެކްޗާ ވެފައިވާ ކަމަށާއި އެ އަންހެން މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައި ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި