އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދު އިރުމަތީގެ ގައުމުތަކަށް އީރާނުން ހަމަލާ ދޭން ފަށައިފި އެވެ.
އީރާނުގެ ތަސްނިމް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދޭން ފެށި އޮޕަރޭޝަނަށް އެ ގައުމުން ކިޔަނީ ”ނަސްރުގެ އިއުލާން“ އެވެ.
އެ ހަމަލާތައް ދިންތާ އިރުކޮޅެއް ފަހުން އީރާނުގެ އިންގިލާބީ ފައުޖުން ވަނީ ގަތަރުގައި އޮންނަ ޔޫއެސް އަލް އުދެއިދު އެއާ ބޭސްއަށް މިސައިލް ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި އޮންނަ އަލް އުދެއިދު އެއާ ބޭސްއަކީ 24 ހެކްޓަރު ބޮޑު ތަނެކެވެ. އެއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑު ހުންނަ މައި މަރުކަޒެވެ.
އެ ތަނަށް އީރާނުން ހަމަލާތަކެއް ދޭން ފަށާފައި މިވަނީ އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އީރާނުން އިއުލާންކޮށްފައި ވަނިކޮށެވެ.

ގުޅުންހުރި
އައްޑޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، އެއް ސައިކަލު ދުއްވަން އިނީ
އަމުރަށް ތަބާނުވެ، ފުލުހުންގެ ސައިކަލެއްގައި ޖެއްސި މީހާ 24 ގަޑިއިރު ނުވަނީސް
ގުޅިފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
ތިން ދުވަހު މޯޅިނުވެ ހުންނަ މާ ހޯދަންކުރި އިއުލާން ބާތިލުކޮށްފި
ފުލުހުންގެ އަމުރަށް ތަބާނުވެ، ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު
ފުލުހުންނަށް ފިލަން ވެގެން ނުރައްކާތެެރިކޮށް ދުއްވި ކާރެއްގައި ތިބި ދެ މީހަކު