އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމަ ހުއްޓާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިތާ މާގިނައިރު ތަކެއް ނުވެ އީރާނުން ވަރުގަދަ ހަމަލާތަކެއް ފޮނުވާލައިފި އެވެ.
ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން އީރާނުން ވަނީ މިއަދު ހެނދުނުން ފެށިގެން މިހާތަނަށް އަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިސައިލްތަކުން ސަލާމަތްވާން ބިންގަރާސްތަކަށް ނުކުތް މީހުން އަލުން ބިންގަރާސްތަކަށް ވަންނަން އިޒްރޭލު ސަރުކާރުން ދަނީ އަންގަމުންނެވެ.
އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، ރޭ ދިން ހަމަލާއެއް ބީރްޝެބާގައި ހުންނަ އެޕާޓްމަންޓް ބްލޮކަކަށް އަރައި ތިން މީހަކު ވަނީ މަރުވެފަ އެވެ.




3 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި